ބީއެމްއެލް އިން ބުނީ ކާޑު ކޮމްޕްރޮމައިޒްވާ ކޮންމެ ހާދިސާއެއްގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާނެ ކަމަށާ މިއާއެކު ބޭންކުން ކޮމްޕްރޮމައިޒްވާ ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އައު ކާޑު ދޫކުރާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައިވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްސްތަކާ އެއްގޮތަށް ކަމަށް ބުނެފި އެވެ.
ގައުމީ ބޭންކް އިން ބުނީ ވިސާ ތްރީޑީ ސެކުއައާ އަދި މާސްޓާ ކާޑު ސެކުއާކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަޤްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާ ކަމަށާ އެހެންކަމުން އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުޢާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ-ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މަޢުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ އެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް މިފަދަ ހާލަތް ދިމާވަމުންދާ ކަމަށާ އެހެންކަމުން ކާޑު އެސޯސިއޭޝަންތަކާ ގުޅިގެން ބޭންކުން އަބަދު ވެސް އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ މިފަދަ އަމަލެއް ހިނގަމުންދޭ ތޯ މޮނިޓާ ކުރަމުން ކަމަށެވެ.ބީއެމްއެލް އިން ބުނީ ކާޑުގެ މަޢުލޫމާތުތައް ކޮމްޕްރޮމައިޒްވާ ކޮންމެ ހާދިސާއެއްގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާނެ ކަމަށާ މިއާއެކު ބޭންކުން ކޮމްޕްރޮމައިޒްވާ ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އައު ކާޑު ދޫކުރާނެ ކަމަށެވެ."ކަސްޓަމަރުން ޤަބޫލުނުކުރާ މުޢާމަލާތްތަކާއި މުދާ ނުވަތަ ޚިދުމަތް ލިބިފައިނުވާ މުޢާމަލާތްތަކަށް. ބޭންކުގެ އުސޫލުތަކާއި ކާޑު އެސޯސިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ.ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައިވެސް، ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ އަދި އެއްވެސް މާލީ ގެއްލުމެއް ނުވާނެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރަށް މާލީ ގެއްލުމެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ