ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޤާމަށް ރައީސް އައްޔަން ކުރެއްވީ ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދުއެވެ. ހުސައިން ޝަހީދަކީ ސުޕްރީމް ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރެވެ.
ފަނޑިޔާރު ޝަހީދު، ހުވާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކުރެއްވީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 19ވަނަ ދުވަހެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި އޭރު ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވަނިކޮށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
ޙުސައިން ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޙުސައިން ޝަހީދު ވަނީ، މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.
ގަން ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ބަދަލު ގެންނަން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް އެދެން- އައްޑޫސިޓީ ކައުންސިލް އިމާރާތެއް ހުސްނުކުރެވި އައްޑޫ ގަން އެއާޕޯޓުގެ މަޝްރޫއު ލަސްވަނީ އެޕްރީލްމަހު އުރީދޫ ކަލަންޑަރުން ބައްދަލުކުރާނީ ސަންތި މަރިޔަނބު ސައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ