ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާ ތަރައްގީ ކުރާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ގިނަ ރަށްތަކެއް ގުޅާލާފައިވާ ލިންކު ރޯޑް ޒަމާނީ ފެންވަރަށް ހެދުމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.މި މަޝްރޫއުގެ ދަށުން ލިންކު ރޯޑުގެ މަގުތަކާއި، ފޭދޫ ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާ ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ އިތުރުން މަގުތަކުގައި ނިޝާން ޖަހައި، ބޯޑު ހަރުކުރުމާއި، 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔާ އެޅުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.އާރްޑީސީ އާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 829..8 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ހަވާލުކުރި ތިން އަހަރާއި 9 މަސްދުވަހުން ނިންމައި، ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.އައްޑޫގައި އޮންނަ ގާތްގަނޑަކަށް 16 ކިލޯ މީޓަރުގެ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތް 2001 ވަނަ އަހަރު ފެށުމަށްފަހު ނިންމާލީ 2003 ވަނަ އަހަރު އެވެ. މި ލިންކު ރޯޑަކީ ހިތަދޫ އިން ފެށިގެން ގަމާ ހަމައަށް، ހުރިހާ ރަށެއް ގުޅޭ ގޮތަށް އަޅާފައިވާ ލިންކު ރޯޑެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
829 މިލިއަން ރުފިޔާއަށް އައްޑޫ ލިންކް ރޯޑް ހަދަން ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ