"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު އަނެއްކާ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކޮށްފައި މިވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ހައި ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ބާތިލު ކުރުމުންނެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފެބްރުއަރީ 18، އާ ހަމައަށެވެ.
އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި އަކްރަމްގެ ފަރާތުން ބަޔާން ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ ފަރާތުން ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާކަން އަކްރަމްގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ