އެމެރިކާއާއި ޗައިނާއާ ދެމެދު ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ ދިގު ދެމިގެން ހިނގައްޖެނަމަ ރާއްޖެ ފަދަ ގައުމުތަކަށް ގެއްލުން ވުމުގެ ފުރުސަތު އެބައޮތެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބަދު ވެސް ދައްކަވާ ވާހަކަފުޅެއް އޮވެ އެވެ. ތިމަންނާ އެންމެ ގަޔާވާ ބަހަކީ "ޓްރެފިފް" އެވެ. ނުވަަތަ "ޑިއުޓީ" ބޭނުންކޮށްގެން އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ހިފުމެވެ. އެ މަނިކުފާނު ދެވަނަ ދައުރަކަށް ވައިޓް ހައުސް އަށް ވަދެވަޑައިގަތުމާއެކު އެންމެ ފުރަތަމަ ވެސް ފެއްޓެވި އެއް ކަމަކީ މި އެވެ. މިގޮތުން ޓްރަމްޕް ވަނީ ދުނިޔޭގެ 180 ގައުމެއްގެ މައްޗަށް ރިޔާސީ ގަރާރެއް ނެރެ "ޓްރެފް ވޯ" އެއް ނުވަތަ ވިޔަފާރީގެ ހަނގުރާމައެއް ފައްޓަވާފަ އެވެ. ވިޔަފާރީގެ މި ހަނގުރާމަ އިން މީހުން ދިރިނޫޅ ހުސް މައިދާންތަކާއި ފަޅުރަށްތައް ވެސް އެމެރިކާ އިން އިސްތިސްނާއެއްނެވެ. މި ތަންތަނުން ވެސް ޓެކްސް އިތުރު ކުރެވެން އޮތް ގޮތްތައް ބަލައި އެކަން ކުރަން އެމެރިކާއިން ނިންމި އެވެ. އެކަމަކު ހަގީގަތަކީ އެމެރިކާގެ ޓެރިފުގެ ދިގު މި ލިސްޓު ބޭނުންކޮށްގެން ހަމަލާ ދޭން އެންމެ ބޭނުންވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ފައިސާވެރި އުފެއްދުންތެރި ގައުމުތަކަށެވެ. އެމެރިކާގެ ހަގީގީ ބޭނުމަކީ އެ ގައުމާ އެންމެ ވާދަވެރި ސުޕަޕަވާ އަކަށް ދެންވާނެ ކަމަށް ބެލެވޭ ޗައިނާ "ސައިޒު" ކުރުމެވެ. ޓްރަމްޕުގެ ޓެރިފް ހަނގުރާމައިގެ ދިގު ލިސްޓުގައި ހިމެނޭ ޗައިނާ ނޫން އެހެން ގައުމުތަކުގެ މައްޗަށް ތަންފީޒު ކުރުން ވަގުތީ ގޮތުން ތިން މަހަށް މި ވަގުތު ވަނީ ފަސްކޮށްދީފަ އެވެ. އަދި އެމެރިކާގެ ވިޔަފާރީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވާ ޗައިނާއާ ފިސާރި ރަނގަޅަށް ވަނީ ވިޔަފާރީގެ "ހަނގުރާމަ" ފަށާފަ އެވެ. ޗައިނާއަކީ އެމެރިކާ އަށް އަހަރެއްގެ މައްޗަށް 400 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ގައުމެވެ. އަދި އެމެރިކާ އިން ޗައިނާ އަށް އަހަރެއްގެ މައްޗަށް 140 ބިލިއަން ޑޮލަރުގަ މުދާ ގެންދެ އެވެ.ދުނިޔޭގެ ވިޔަފާރި ހިފައްޓާ މައިގަނޑު މި ދެ ބާރުގެ ދެމެދުގައި މިހާރު އުފެދިފައިވާ ވިޔަފާރީގެ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވިޔަފާރި މިހާރު އޮތީ ވާނުވާއެއްގެ މެދުގަ އެވެ. މިއަދު ގައުމުތަކުން މުދާ ބޭރުކުރާއިރަށް ކަނޑުމަތީގައި ހުއްޓައި އެއަށް އިތުރު ޑިއުޓީއެއް ދައްކަން ނުޖެހޭނެކަމުގެ އެއްވެސް ޔަގީންކަމެއް މިވަގުތަކުނެތެވެ. އެމެރިކާގެ ރައީސް ޓްރަމްޕު ހަރުކަށިކަމާއި ރުން ކުރުކަމާ ދެކޮޅަށް ޗައިނާ އިން ވަނީ އެމެރިކާގެ މުދަލުން 80 ގުނަ ޑިއުޓީ ބޮޑުކޮށްފަ އެވެ. މިއާއެކު އެމެރިކާ އިން ވަނީ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ 100 ޕަސެންޓަށް މައްޗަށް ޖައްސާލާފަ އެވެ. މިއާއެކު މިހާރު އޮތް ބިރުވެރި ކަމަކީ ދެން މިކަން ބަދަލު ވެގެންދާނެ ގޮތަކަށެވެ. ހާއްސަކޮށް ދުނިޔޭގެ ވިޔަފާރީގެ ނިޒާމަށް ބޮޑު ބަދަލެއް އަތުވެދާނެ މި ހަނގުރާމައާއެކު ރާއްޖެއަށް މިކަމުން އަސަރު ކޮށްފާނެ ތޯ މިއީވެސް އުފެދޭ ސުވާލެކެވެ.
ބޮޑު ދެ ގެރީގެ ތެޅުމާއެކު ދުނިޔޭގެ އިގްތިސޯދު ވަނީ މަޑުމަޑުން ލަސްވުމެއްގެ ތެރެއަށް ވެއްޓެން ފަށާފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓި މިހާރު ހުރީ ކޮވިޑަށްފަހު 2022 ވަނަ އަހަރު ހުރި ވަރަށް ތިރިވެފ އެވެ. ތެލުގެ އަގު މިގޮތަށް ހެޔޮވުމަކީ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އުފާވެރި މަންޒަރެއް ނޫންނެވެ. ސަބަބަކީ މި ބަދަލު އަންނަނީ ޑިމާންޑް ދަށްވެ އިގްތިސޯދު ހުއްޓުން އަންނާތީ ކަމަށްވުމެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުތަކުގެ އަގުތައް ދަށްވެ ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ. މިހާރު ދުނިޔޭގެ އިގްތިސޯދުން ފެންނަ ނިޝާން ތަކަކީ ނުރައްކާތެރި އިގްތިސޯދީ ހުއްޓުމެއްގެ ކޮޅުމަތި ކަމަށް މާހިރުން ބުނަން ފަށައިފި އެވެ. އެމެރިކާގެ ބާޒާރުގައި ޑިއުޓީ މަތިވާ ވަރަކަށް މުދަލު އަގުތައް އެ ގައުމާއި ދުނިޔޭގައި ވެސް ދަނީ އަގު އުފުލެމުންނެވެ. އަދި މިކަން ހައްލުނުވެ ދިގު ދެމިގެންދާނަމަ ޔޫރަޕުގައި ދިރިއުޅުމުގެ އަގުތައް މަތިވެ އާއްމުންގެ އަތުގައި ހުރި ފައިސާ ކޮޅުން ޒަރޫރީ ބޭނުން ނުފުދޭ ތަން ފެންނަން ފަށާނެ އެވެ. ޑިއުޓީ މަތިވާ ވަރަކަށް އާއްމުން ގަންނަ މުދަލުގެ އަގު އުފުލޭނެ އެވެ. އަގު އުފުލޭ ވަރަކަށް އާއްމުން ހޭދަ ކުރުން މަދުވާނެ އެވެ. މީގެ ގެއްލުން ހަމައެކަނި ވާނީ ޔޫރަޕު މީހުންނަށް އެކަންޏެއް ނޫނެވެ. މީގެ ގެއްލުން ރާއްޖެއަށް ވެސް ފޯރާނެ އެވެ. އެ މީހުންގެ ހަރަދު ކުރުން މަދުވާ ވަަރަކަށް އިގްތިސޯދު ދާނީ އަނަރޫފަ ވަމުންނެވެ. މިއީ ރާއްޖެއަށް އަސަރު ކުރާނެ ކަމެކެވެ.
ދުނިޔެއިން މިހާރު ފެންނަމުންދާ ނުތަނަވަސްކަމާއެކު ގެއްލުން ވާނެ އަނެއް ދާއިރާއަކީ އެކި ކަންކަމަށް ދުނިޔޭގައި ދައުރު ކުރަމުން ދިޔަ ފަންޑަށްތަކުގެ ދައުރުވުން ލަސްވުމެވެ. މިއީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާނެ ފައިނޭންސް ހޯދުމުގައި ދަތިވާނެ ކަމެކެވެ. ފައިނޭންސް ހޯދުމުގައި ދަތި ތަކެއް ކުރިމަތިވުމަކީ ކުދި ގައުމުތަކަށް އޮތް ގެއްލުމެކެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި އިންފްލޭޝަން މަތިވެ މުދަލުގެ އަގު އުފުލޭނަމަ ރާއްޖޭގެ ބާޒާރުގައިވެސް އަގުތަކަށް ބަަދަލު އައުމުގެ ފުރުސަތު އޮންނާނެ އެވެ.
މުޅި ދުނިޔެ ނޭވާ ހޮޅިއަށް އަރުވާލައިގެން ރައީސް ޓްރަމްޕް މި ހުރިހާކަމެއް ކުރުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އެ މީހުން ޒަމާނުއްސުރެން ކުރިން ފެށިގެން ދައްކަމުންދާ ބޯހަރުކަމާއި ހަރުކަށިކަން ހަވަނަ ދަރަޖަ އަށް މިވަނީ މަތިކޮށްފަ އެވެ. އެ މީހުން ބޭނުންވަނީ މުޅި ދުނިޔެ އެމެރިކާގެ ފައިބުޑަށް ތިރިކޮށް އެ ގައުމަށް ފަހިވާނެ "ޑީލް" ތަކެއް ހެދުމެވެ. މި ޑީލްގައި އެމެރިކާ ސިފައިންގެ ބޭސްތައް އިތުރު ގައުމުތަކުގައި ހެދުމާއި އެމެރިކާގެ ހަތިޔާރު އެ ގައުމުތަކުން ގަތުން ފަދަ އެ މީހުންގެ މަސްލަހަތާ ގުޅުންހުރި ގިނަ ކަންތައް ތަކެއް ހިމެނެ އެވެ. ސުވާލަކީ މި ކަމަށް ދުނިގޭގެ ސުޕަޕަވާ ކަމަށް ވާދަކުރާ ޗައިނާ އެއްބަސް ވާނެ ކަމެއް ހެއްޔެވެ؟ ފެންނަމުންދާ ނިޝާންއަކީ ޗައިނާ އިން އެމެރިކާ އަށް އެންމެ ތަންފުކެއްވެސް ދޫނުކޮށް ވިއްދާފައިވާ ތަނެވެ. އެ މީހުން ދޫދިނުމުގެ ނިޝާނެއް ނެތެވެ. މީގެ ބަދަލުގައި ޗައިނާއިން ވަނީ އެމެރިކާއިން ގެއްލޭ އެ ގައުމުގެ ވިޔަފާރި އެހެން ގައުމުތަކުން ހޯދަން މަސައްކަތް ފަށާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވިޔަފާރީގެ ހަނގުރާމަ ދިގުލާނަމަ ރާއްޖެއަށް އަސަރު ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ