މިޔަންމާއަށް އިއްޔެ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެ ގައުމުގެ އިތުރުން އިންވެގެން އޮތް ތައިލެންޑުން މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް އަރައިފި އެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުގެ ސީނިއާ ޖެނެރަލް މިން އައުން ލައިން ވިދާޅުވީ ބިންހެލުމުގައި އެ ގައުމުގެ 144 މީހަކު މަރުވެ، 730 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 10 އަކަށް އަރާ ކަމަށެވެ.
މިޔަންމާއަށް ބިންހެލުމުގައި ކުރި އަސަރު އަދި ލިބުނު ގެއްލުން ވެސް ބޮޑެވެ. ތައިލެންޑުގެ ބައެއް އިމާރާތްތައް ވެއްޓި، އިމާރާތްތަށް ގެއްލުން ލިބިފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ދުރަށެވެ.
ބިންހެލުމުގެ ސަބަބުން މިޔަންމާގެ އިތުރުން ތައިލެންޑުގައި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަލާމަތީ ބާރުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބިންހެލުމުގައި މިޔަންމާ އަދި ތައިލެންޑުން މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް ބިންހެލުމުގައި މިޔަންމާ އަދި ތައިލެންޑުން މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ