އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަލިފާނުގެ ހާދިސާގައި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެކަމަކު ބޮޑަށް ފިހުނީ، އއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އައިޝަތު ރިފްގާ އެވެ. އޭނާގެ ހަށިގަނޑު %83 ވަނީ ފިހިފަ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި ރިފްގާ މަރުވީ މިރޭގެ އިރާކޮޅު ވަގުތެއްގަ އެވެ. އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް އައިކަން އެނގިފައެއް ނުވެ އެވެ.
އެ ހާދިސާގައި ދެން އަނިޔާވި އަލީ ސާމިންގެ ހަށިގަނޑުގެ %78 ފިހުނެވެ. އޭނާއަށް ވެސް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައި ބާއްވައިގެން އައިސީޔޫގަ އެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއް ގެނެސްފަ އެވެ.
އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރި އަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ. އަދި އެ ދެ މީހުންގެ 5 އަހަރުގެ ދަރިފުޅަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ރަސްދޫ ހާދިސާ: ފިހުނު އަންހެން މީހާ މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ