ރަސްދޫ ހާދިސާ: ފިހުނު އަންހެން މީހާ މަރުވެއްޖެ
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.އަލިފާނުގެ ހާދިސާގައި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެކަމަކު ބޮޑަށް ފިހުނީ، އއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އައިޝަތު ރިފްގާ އެވެ. އޭނާގެ ހަށިގަނޑު %83 ވަނީ ފިހިފަ އެވެ.އެނގިފައިވާ ގޮތުގައި ރިފްގާ މަރުވީ މިރޭގެ އިރާކޮޅު ވަގުތެއްގަ އެވެ. އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް އައިކަން އެނގިފައެއް ނުވެ އެވެ.އެ ހާދިސާގައި ފިރިހެނަކު ވެސް ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ