ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 18) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ، ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅެން ލޯނަކަށް އަލް ހިލާލަށް ގެނައުމަކީ ރަނގަޅު ވިސްނުމެއްގެ ގޮތުގައި ގަބޫލުުނުކުރެވޭ ކަމަށް އެ ކްލަބްގެ ޗީފް އޮޕަރޭޓިން އޮޕިސަރު، (ސީއީއޯ) އެސްޓެވޭ ކަލްޒާޑާ ވިދާޅުވެއްޖެ އެވެ.
އަލް ހިލާލް އާއި އަލް ނަސްރަކީ ވެސް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ހިންގަމުން އަންނަ ދެ ކްލަބެވެ. މި ދެ ޓީމަކީ ސައުދީ ފުޓްބޯޅައިގެ އެންމެ ވާދަވެރި، ދެ ޓީމެވެ.
ކްލަބް ވޯލްޑް ކަޕްގެ ކުރިން ފީފާ އިން ހުޅުވާލި ޓްރާންސްފާ ބާޒާރުގެ ތެރޭގައި، އަލް ނަސްރުން ލޯނަކަށް ރޮނާލްޑޯ އަލް ހިލާލަށް ގެންދަން އުޅޭ ވާހަކަ ދެކެވުނެވެ. އެކަމަކު، ކަލްޒާޑާ ވިދާޅުވީ އެއީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން ގިނަ ފަހަރު އެހެން ޓީމުތަކުގެ ކުޅުންތެރިންގެ ވާހަކަ ނުއެއް ދައްކަން، އެކަމަކު، ތި ފާހަގަކުރި ކުޅުންތެރިޔާ، (ރޮނާލްޑޯ)ގެ ވާހަކަ އަކީ އަބަދުވެސް ފަހަކަށް އައިސް އަހަރެމެންނާ ގުޅުވާ ދެކެވޭ ވާހަކައެއް،" ކަލްޒާޑާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެންމެ ތިނެއް ނޫނީ ހަތަރު ހަފްތާ އަށް ވާދަވެރި ޓީމުގައި ހުރި ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއަކު ގެނެސްގެން ކުޅުވުމަށް ވުރެން، އަލް ހިލާލްގައި އޮތީ މާ ދުރަށް ވިސްނައިގެން ކުރިއަށްގެންދާ ޕްލޭނެއް ކަމަށެވެ.
"އަހަރެން ވަރަށް އިހުތިރާމް ކުރަން ރޮނާލްޑޯ އަށް، އެކަމަކު، އޭނާ ކުރު މުއްދަތަކަށް އަހަރެމެން ޓީމަށް ގެންނަން ވިސްނުމަކީ ރަނގަޅު ގޮތެއް ކަމަށް ނުދެކެން،" ކަލްޒާޑާ ވިދާޅުވި އެވެ.
ރޮނާލްޑޯ އަށް ގިނަ ކްލަބްތަކެއްގެ އޮފާ ލިބުނު ކަމުގައި ވިޔަސް، އޭނާ އަލް ނަސްރުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހިލާލުން އަންނަނީ، ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް އާއި ގަލަތަސަރާއި އަށް ކުޅޭ ފޯވާޑް ވިކްޓަ އޮސީމެން ގެންނަން މަސައްކަތް ކުރަމުންނެވެ.
އަލް ހިލާލްގެ ކޯޗަކަށް އިންޓަ މިލާނުގައި ހުރި ސިމޯން އިންޒާގީ ގެނެސްފައިވާއިރު، ކްލަބް ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ މެޗު އޮތީ މިރޭ އެވެ. އެއީ، ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
އަލް ހިލާލުން ލޯނަކަށް ރޮނާލްޑޯ ގެނައުން އެއީ ރަނގަޅު ވިސްނުމެއް ނޫން އަލް ހިލާލުން ލޯނަކަށް ރޮނާލްޑޯ ގެނައުން އެއީ ރަނގަޅު ވިސްނުމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ