ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި ޖެމްކިއު ސްކީމަކީ ސްކޭމެއް، ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުގެ މަގާމަށް ޒަމްއަތު އައްޔަންކުރަން ރުހުންދީފި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހު

ޔުނިވަރސަލް ރިސޯޓްތަކުން ސާރވިސް ޗާޖް ޑޮލަރުން ދިނުން ހުއްޓާލުމަށްފަހު ޖުލައި މަހުން ފެށިގެން ސަރވިސް ޗާރޖް ދިވެހި ރުފިޔާ އިން ދިނުމަށް ނިންމައިފިއެވެ.
އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސޮއިކުރައްވާ ފޮނުއްވި ސަރކިއުލާ އެއްގައި ބުނެފައި ވަނީ މި ބަދަލު ގެނައީ ސަރުކާރުން ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމާ ގުޅިގެން ކަމަށެވެ.
“ކުންފުނިން މިފަދަ ބަދަލެއް ގެނައީ އޮމާންކަމާއި އެކު ކުންފުނި ހިންގުމަށް މި ވަގުތަށް އެހެން ގޮތެއް ނުފެނުމުން. ސަރުކާރުން ޑޮލަރ ގެ ޕޮލިސީ އަށް އެއްވެސް ލުޔެއް ގެނެސްފިނަމަ އެ ގެންނަ ބަދަލަކާ ގުޅިގެން މުވައްޒަފުން ނަށް ޑޮލަރުން ސާރވިސް ޗާރޖް ދެވޭނެ ހާލަތަކަށް އާދެވޭނެކަމަށް ވާނެ. އަދި އަންނަ އެފަދަ ބަދަލަކަށް ވަރަށް ކައިރިން ބަލަމުންދާނެ ” އެ ސަރކިއުލާގައި ބުނެފައިވެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމު ކުރި ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ރިސޯޓުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރު ކުރަން ޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރިސޯޓުތަކުން ވަނީ މުސާރަ އާއި ސާރވިސް ޗާޖު އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ އިން ދޭން ފަށާފައެވެ.
މި ގޮތަށް އަމަލު ކުރަން ފެށުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ ދަށަށް ދާކަން އެ ދާއިރާގެ މަސައްކަތްތެރިން ފާޙަގަކުރެއެވެ. އެގޮތުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ފާހަގަ ކުރި ގޮތުގައި، ޑޮލަރުން މުސާރަ ލިބެމުން އައި މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދޭން ފެށުމުން 3،000 ރުފިޔާ އިން ފެށިގެން 5،000 ރުފިޔާއާ ހަމައަށް މަހަކަށް ޖެހޭ އާމްދަނީ މަދުވެގެންދާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހަވާލާދީ ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ޓީމް އިން ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ