ކައުންސިލްތަކުގެ ދަށުގައި ހުރި ފަޅުރަށްތަކުގެ ތެރެއިން ޓޫރިޒަމަށް ދޫކުރާ ތަންތަން ރައީސަށް ކަނޑައެޅޭ ބިލެއް

ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހެދުމާއި ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ކައުންސިލްތަކަށެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅާއި ރަށްތަކުގެ ތެރެއިން ޓޫރިޒަމަށް ދޫކުރާ ތަންތަން ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. 
މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ސަރުކާރުން މި އިސްލާހު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތް - ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހެދުމާއި ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ކައުންސިލްތަކަށެވެ. ނަމަވެސް ސަރުކާރުން މިހާރު ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުތަކާއި ފަޅު ރަށްތަކުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭ ތަންތަން ކަނޑައެޅޭނީ ރައީސް އަށެވެ.
މީގެ އިތުރުންވެސް ޓޫރިޒަމް ގާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. މީގެތެރޭގައި ޓޫރިޒަމް ވިޔަފާރިވެރިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ފަސޭހައިން ދެއްކޭ ގޮތަށް ގެނެސްފައިވާ އިސްލާހު ތަކެއް ވެސް ހިމެނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ