އަހަރުގެ ފުރަތަމަ ތިން ހަފްތާތެރޭ ދައުލަތަށް ލިބުނު އާމްދަނީ ހަރަދަށް ވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފްސީލް - އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރީ 846.4 މިލިއަން ރުފިޔާގަ އެވެ. އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ 23 ދުވަހު ދައުލަތުގެ ހަރަދުތަކުގެ %100 އަކީ ރިކަރަންޓު ހަރަދެވެ. އަދި:
އާމްދަނީގެ %79 އަކީ ޓެކްސް؛ އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ
އާމްދަނީގެ %21 އަކީ ޓެކްސް ނޫން އާމްދަނީ؛ އެއީ 275 މިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވޭ
އެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް 152 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވަނީ 9.2 މިލިއަން ރުފިޔާ އެވެ.
ދަތުރުތަކުގެ ހަރަދަށް 5.1 މިލިއަން ރުފިޔާ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 23 ދުވަހު ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 17.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މީގެ އިތުރުން އާސަންދައަށް މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރީ 62.6 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އާސަންދަ ހަރަދުތައް ހުރީ 109.8 މިލިއަން ރުފިޔާގަ އެވެ.
ފުރަތަމަ ތިން ހަފްތާގެ ހަރަދަށް ވުރެ އާމްދަނީ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ