ޑީއެމްސީއަކުން ރާއްޖެއަށް ޚާއްސަކޮށް އިންޑިއާގައި ބާއްވާ އެންމެ ބޮޑު ރޯޑްޝޯ ފަށައިފި

ރާއްޖޭގެ މަޝްހޫރު ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީ (ޑީއެމްސީ)އެއް ކަމަށްވާ ޓާޓާބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އިންޑިއާގެ ހަތަރު ސިޓީއެއްގައި ބާއްވާ ރޯޑްޝޯ ރަސްމީކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އެންޑޯޒްކޮށްފިއެވެ. ހަމައެކަނި ދައުވަތު ލިބޭ އެޖެންޓުންނަށް ބާއްވާ މި ޚާއްސަ ހަރަކާތަކީ ޑީއެމްސީއަކުން އިންޑިއާގެ މާކެޓުގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އެއް ރޯޑްޝޯ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ މި ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީއެއް ދައްކާލާނެ ކަމަށެވެ. މިހާރު ފަށައިފައިވާ ރޯޑްޝޯ ކުރިއަށް ދަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއްގައެވެ. އެގޮތުން ރޯޑްޝޯ މިހާތަނަށް ކުރިއަށްގެންގޮސްފައި ވަނީ އަދި ދެން ކުރިއަށްގެންދާނީ: 12 ވަނަ ދުވަހު ކޮޗިންގައި 13 ވަނަ ދުވަހު ކޮއިމްބަތޫރުގައި 15 ވަނަ ދުވަހު ހައިދަރުއާބާދުގައި 16 ވަނަ ދުވަހު ބެންގަލޫރުގައި އެމްއެމްޕީއާރުސީއިން ބުނީ ކޮންމެ ރޯޑްޝޯއަކަށް 100 އަށް ވުރެ ގިނަ އެޖެންޓުންނަށް ދައުވަތު ދީ، ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީގެ މަންދޫބުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށެވެ. މި ރޯޑްޝޯގެ މައިގަނޑު އަމާޒަކީ ލަގްޒަރީ، ރޮމޭންސް އަދި އެކްސްޕީރިއެންޝަނަލް ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރުން ކަމަށާއި މި ހަރަކާތަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންޑިއާއިން ރާއްޖެއަށް އައުޓްބައުންޑް ދަތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ ސްޓްރެޓެޖިކް ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކުރާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އިންޑިއާގެ ބޮޑެތި ސިޓީތަކުގެ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ޓާޓާބައި މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މި ރޯޑްޝޯގެ ސަބަބުން ލަގްޒަރީ، ވެޑިންގް، ލީޒަ އަދި ވިޔަފާރީގެ ދަތުރުތަކަށް ޝައުގުވެރިވާ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެ އަކީ އެންމެ ކަމުދާ އަދި އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ރާއްޖޭގެ ރިސޯޓްތަކަށް ދެކުނު އިންޑިއާގައި އެންމެ ބޮޑު ހޯލްސޭލް އޮޕަރޭޓަރެއްގެ ގޮތުގައި ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ޓާޓާބައި މޯލްޑިވްސްއިން ވަނީ ވަރުގަދަ ޝަރަފުވެރި ނަމެއް ގާއިމުކޮށްފައެވެ. ރާއްޖޭގެ 150 އަށް ވުރެ ގިނަ ޕްރޮޕަޓީއާއެކު ސީދާ ކޮންޓްރެކްޓްތަކާއި އިންޑިއާ އާއި މެދުއިރުމަތީގެ މާކެޓުތަކުގައި ވެސް އެ ކުންފުންޏަކީ މި ސަރަހައްދުގެ ދަތުރުފަތުރުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ޓާޓާބައި ޓުއާސް، ނުވަތަ ޓާޓާބައި މޯލްޑިވްސްއަށް ދިވެހިރާއްޖޭގެ ޓޫރިޒަމް ބޯޑުގެ ރަސްމީ އެންޑޯޒްމަންޓް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް. މިއީ ރާއްޖެއަކީ އެންމެ ޓޮޕް ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ދައްކައި، ފާހަގަކޮށްލެވޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓާޓާބައި އިން ކުރަމުންދާ މަސައްކަތް ބަލައިގަންނަކަން ރަމްޒުކޮށްދޭ ކަމެއް.ޓާޓާބީ މޯލްޑިވްސްގެ ފައުންޑާ އަދި ޑައިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ރޯޝަން ޖެއިން މިމަހުގެ 11ގެ ނިޔަލަށް އިންޑިއާއަކީ ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 5.3 އިންސައްތައެވެ. ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން ތަފާތު މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސްއާއެކު އިއުލާނުކުރި 'އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރް' ކޮލަބޮރޭޝަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ