ޛިކުރުކުރުމޭ ބުނުމުނެ ގިނަ ބައަކު އެކަން ނަގަނީ ވަރަށް އާދައިގެ ވަރަށް ކުޑަކުޑަކަމެއްގެ ގޮތުގައެވެ. އެހެނަސް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޛިކުރުކުރުމަކީ ތިމާއާއި ﷲ ތަޢާލާ އާއި ގުޅުވައިލަދޭ އެންމެ މުހިންމު ވަސީލަތެވެ.
ހަމައެއާއިއެކު ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދާންކޮށް ޛިކުރުކުރާ މީހަކާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. އެކަމުގެ ސަބަބުން ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އަދި އަޅުކަން ކުރަން އިތުރުހިތްވަރު ލިބެމުންދާނެއެވެ.
ޛިކުރުކުރުމާއިމެދު އޮތް މިބަސްފުޅަށް ވިސްނައިލަމާތޯ؟
"އެންމެ މާތް ޢަމަލުތަކުގެ ތެރޭގައި ހިމެނޭކަމެއް! ﷲ ގެ ޙަޟްރަތުގައި މަޤްބޫލުވެގެންވާކަމެއް! ﷲ ގެ ޙަޟްރަތުގައި ދަރަޖަ އެންމެ ބޮޑަށް އުފުއްލަނިވި އެއްކަން! ރަނާއި ރިހިން ޞަދަޤާތްކުރުމަށްވުރެ ފައިދާބޮޑު ކަމެއް! ހަނގުރާމައިގައި ޝަހީދުވުމާއި، މޮޅުވުމަށްވުރެ އިތުރުކަން ބޮޑު ކަމެއް! ކޮން ކަމެއްތޯ؟ އާދެ ﷲ ގެ ޒިކުރުކުރުން!"
(سنن الترمذي 3377)- ޝައިޚް އަހްމަދު ރިމާޒް
ޛިކުރުކުރުމުން ތިމާއަށްކުރާ ފައިދާތަކާ ފައިދާގެ ބޮޑުކަން އެނގޭ މީހަކު ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބުނަސް ފުރުޞަތުގެ ބޭނުން ހިފާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ