ޔުމްނުއާ ގުޅުންހުރި ތަންތަނަށް ކޮމިޝަނުން ގޮސް، ބަޔާން ނަގަން ފަށައިފި
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު ސާކުފުކުރުމުގެ މަސައްކަތް މިހާރު ފަށައިފިއެވެ. މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ. މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ: ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އާމިނަތު އީނާސް، ހ. ހަބަރުގެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ, އެ ކޮމިޝަންގެ މެންބަރުން ވަނީ މިއަދާ ހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި, އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://x.com/InquiryCom/status/1921453735357616374 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ. ރައީސް ވިދާޅުވީ, އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރާއި ސިއްޙީ ދާއިރާގެ މުވައްޒަފަށް ލިބިވަޑައިގަންނަވާނީ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ, އެ ދެބޭފުޅުން ވެސް އެ މަސައްކަތަށް ކަނޑައަޅާފައިވަނީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް ކަމަށްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް, ބާކީ ތިއްބަވާ ބޭފުޅުންނަކީ އެއްވެސް އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވުމުން އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ. ފުލުހުން ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، އާއިލާއިން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ޔުމްނު ވެއްޓުނު ރޭ އިތުރު މީހުން ވެސް އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައެވެ. އަދި، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ. ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ޒުވާނުން މުޒާހަރާގައި: ޒުވާނުން އަންނަނީ އިހުސާނާއި އަމީންގެ އިސްތިއުފާއަށް ގޮވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ. މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ. ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު ފަސް ދުވަސް ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ