ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި

ފަސްދޮޅަސް އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ލައިސެންސެއް ޓްރާންސްޕޯޓް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިސްލާހު ކޮށްފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތަށެވެ.
އެގޮތުން އެ އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ހާއްސަ އުޅަނދުތައް ދުއްވުމަށް އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ލައިސެންސެއް މިނިސްޓްރީއަށް ދޫކުރެވިދާނެ ކަމަށެވެ.
އަދި އެ ލައިސެންސް ދޫކުރާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތުގެ ހުންނަ ނުކުޅެދުންތެރި ކަމަށް ބަލައި އާންމު އެހެން ލައިސެންސްތައް ދޫކުރުމުގައި އަމަލު ކުރާ އުސޫލުތަކާއި ޝަރުތުތަކުން އިސްތިސްނާ ދިނުމުގެ އިހުތިޔާރު ވެސް އެ އިސްލާހުގެ ދަށުން މިނިސްޓްރީއަށް ލިބެ އެވެ.
އިތުރު ތަފުސީލު އަންނަނީ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ