ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލިންކްރޯޑުން، ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެކްސިޑެންޓެއް ވެފައިވާ ކަމަށް ރޭ ދަންވަރު 1:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.އެ ހާދިސާގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، 30 އަހަރުގެ އިބްރާހީމް ނައުޒަމް ކަމަށް ފުލުހުން ބުންޏެވެ.އޭނާ ނިޔާވީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:45 ހާއިރެވެ.މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ