4.9 ޕަސެންޓުން ދައުލަތުގެ ރަސްމީ ރިޒާވް ދަށްވެއްޖެ
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 791 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ފެބްރުވަރީ މަސް ނިމުނުއިރު އެ އަދަދު ހުރީ 832.1 މިލިއަން ޑޮލަރުގައެވެ.އެހެންވުމުން، އެއީ ރިޒާވަށް ލިބުނު 4.9 ޕަސެންޓްގެ ދަށްވުމެކެވެ.ރިޒާވް ދަށްވެފައި ވަނީ، މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެން އިތުރުވުމަށްފަހުގައެވެ. އެގޮތުން:ސެޕްޓެންބަރު މަސް ނިމުނުއިރު ރިޒާވުގައި ހުރީ: 371.2 މިލިއަން ޑޮލަރުއޮކްޓޫބަރު: 614.6 މިލިއަން ޑޮލަރުނޮވެންބަރު: 616.2 މިލިއަން ޑޮލަރުޑިސެންބަރު: 673.2 މިލިއަން ޑޮލަރުޖަނަވަރީ: 708.1 މިލިއަން ޑޮލަރުމިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކި ދާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ