ޕީސީބީގެ ރައީސަކަށް އަނަސްއަށް ރުހުން ދީދި

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު އަނަސްއަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީގެ ރައީސްގައި ކުރިން ހުންނެވި ހަމްދީ އަގީލް ކުއްލި ގޮތަކަށް ވަކިކުރުމަށް ފަހު، އަނަސް އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ 13 މާޗުގަ އެވެ. އެއާ އެކު، އޭނާއަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅި އެވެ.
ތަފްސީލު - އަނަސްއަށް ރުހުން ދޭން މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީން އޮތީ އިއްޔެ ފާސްކޮށްފަ އެވެ. މިއަދުގެ ޖަލްސާގައި އަނަސްއަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހި އެވެ.
އަނަސްއަށް ރުހުން ލިބުނީ 82 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ގައުމީ ޔުނިވަސިޓީން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވޭ
މިފަހަކާ ޖެހެންދެން ހުންނެވީ ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަން އަދާކުރެއްވި 
މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ފުރުއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ