ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ފައްޓަވައިދެއްވީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ތަފްސީލް - ފިޔޯރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަން ރުފިޔާ އަށެވެ.
ބަނދަރު ފުންކުރުން
ބަނދަރަށް ވަންނަ ނެރު ފުންކުރުން
ރޭމްޕްލުން
ބެކްފިލް ކުރުން
ރިވެޓްމެންޓް ޖެހުން
އެއްގަމު ތޮށި ޖެހުން
މަގު ބައްތި ޖެހުން
ނެރު ބައްތި ޖެހުން
މޫރިން ރިންގްސް ހަރުކުރުން
ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ