ޓިކްޓޮކްގެ ނުރައްކާތެރި "ޑަސްޓިންގ" ޗެލެންޖެއްގައި ބައިވެރިވި އެމެރިކާގެ އެރިޒޯނާގައި ދިރިއުޅޭ 19 އަހަރުގެ އަންހެންކުއްޖަކު އިންޓެންސިވް ކެއަރ ޔުނިޓްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
ދަ އިންޑިޕެންޑެންޓުން ހާމަކުރި ގޮތުގައި، ރެނާ އޯރޯކް އައިސީޔޫގައި 4 ދުވަސް ވަންދެން އޮތުމަށްފަހު އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ.
އޭނާގެ މައިންބަފައިން ހާމަކުރި ގޮތުގައި، އޭނާއާއި އޭނާގެ ލޯބިވެރިޔާ ވަނީ މައިންބަފައިންނަށް ނޭނގި ކީބޯޑް ސާފުކުރާ ސްޕްރޭއެއް އޯޑަރުކޮށްފައެވެ. މި ސްޕްރޭ ދަމައިގަތުމުން، އޭނާގެ ހިތުގެ ވިންދު ހުއްޓި، އައިސީޔޫގައި ހަފްތާއެއްވަންދެން އޮތުމަށްފަހު، ސިކުނޑި މަރުވެފައިވާކަމަށް ޑޮކްޓަރުން ކަނޑައެޅިއެވެ.
"ޑަސްޓިންގ" ނުވަތަ "ކްރޯމިންގ" ނުވަތަ "ހަފިންގ" އަކީ ސޯޝަލް މީޑިއާގައި މަޤްބޫލުވެފައިވާ، ގޭގައި ބޭނުންކުރާ ސާފުކުރާ ތަކެތި ދަމައިގަތުމުގެ ނުރައްކާތެރި ޓްރެންޑެކެވެ. ކްލީވްލެންޑް ކްލިނިކްގެ ދިރާސާތަކުން ދައްކާގޮތުގައި މިކަމުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ގިނަފަހަރު ހިތުގެ މައްސަލަތަކާ ގުޅިގެން ކުއްލި މަރު ގެނުވައެވެ.
"އޭނާ އަބަދުވެސް ބުނަމުން ދިޔައީ، 'ޑޭޑް، އަހަރެން މަޝްހޫރުވާނަން. ބަލަން ތިބޭ، އަހަރެން މަޝްހޫރުވާނަން،' އެކަމަކު ހިތާމައަކީ، މިއީ އެންމެ ރަނގަޅު ގޮތުގައި ނޫންކަން،" އަންހެން ކުއްޖާގެ ބައްޕަ އެރަން އޯރޯކް ބުނެފަވެއެވެ.
ރެނާގެ މައިންބަފައިން އެމީހުންގެ ދަރިފުޅު ސިފަކުރީ "ފުރާނަ ހުރި، އޯގާތެރި އަދި ވަފާތެރި" ކުއްޖެއްގެ ގޮތުގައެވެ.
މިހާރު އޯރޯކް އާއިލާއިން ވަނީ ޒުވާނުންނާއި މައިންބަފައިންނަށް މިފަދަ ނުރައްކާތެރި ޗެލެންޖްތަކުގެ ނޭދެވޭ އަސަރުތަކާ ބެހޭ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ފަށާފައެވެ.
"ރަނގަޅަށް ބަލާ. އެކުދިންގެ ކޮޓަރިތައް ބަލާ. އިތުބާރު ނުކުރޭ، އަދި މިއީ ނުބައިކޮށް އިވުނު ނަމަވެސް، މިއިން އެކުދިންގެ ފުރާނަ ސަލާމަތްކުރެވިދާނެ،" ރެނާގެ މަންމަ ބުނެފަވެއެވެ.
ރެނާގެ މައިންބަފައިން އެހެން މައިންބަފައިންނަށް ގޮވާލާފައި ވަނީ ދަރިންގެ ކޮޓަރިތައް ބަލައި، އެކުދިންގެ ޙަރަކާތްތަކަށް ސަމާލުވެ، އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޓިކްޓޮކްގެ ނުރައްކާތެރި "ޑަސްޓިންގ" ޗެލެންޖެއްގައި ބައިވެރިވި ޒުވާނަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ