ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ
ކ. މާފުށި ކައިރި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ސިފައިން ބުނީ، ގެއްލިގެން ހޯދަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިންގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންނެވެ. https://x.com/MNDF_Official/status/1933452793513456028 އެ މީހާއާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ސިފައިން ހިއްސާކޮށްފައެއް ނުވެއެވެ. އެއީ، ކޮން ޖިއްސެއްގެ ކޮން އުމުރެއްގެ މީހެއްކަމެއް ވެސް ނުބުނެއެވެ. ޑައިވިންއަށް ދާ މީހުން ގެއްލިގެން މީގެ ކުރިން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވާއިރު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ މަންޒަރުތައް ބަލައިލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ. މި އަހަރު ވެސް އަހަރު ދެބައިނުވަނީސް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ