ޑައިވިންއަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ޖަޕާނުގެ ފަތުރުވެރިޔެކެވެ. އޭނާ ޑައިވިންއަށް ފޭބީ މިއަދު ހެނދުނުގެ ވަގުތެއްގައި ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެ އެވެ.
އެއީ ކޮން ޖިންސެއްގެ ފަތުރުވެރިޔެއް ކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަދުމަދުން މީހުން ގެއްލިގެން ރިޕޯޓު ކުރެ އެވެ. އަދި ބައެއް ފަހަރުތަކުގައި ގެނބިގެން ވެސް ފަތުރުވެރިން މަރުވެފައި އެބަހުއްޓެވެ.
ރާއްޖެއަކީ ޑައިވިން ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަންޒިލެކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކަކީ އެތައް ލައްކަ ފަތުރުވެރިންނަށް އަހަރެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތް ކުރާ މައިގަނޑު ސަބަބެވެ.
ޑައިވިންއަށް ފޭބި ޖަޕާން ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ ޑައިވިންއަށް ފޭބި ޖަޕާން ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ