އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފެނަކަ އިން ބުނީ 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ހިދުމަތަށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ހަލާކުވި އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށާއި، ދެވަނަ ޖަނަރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެ ކަމަށް ފެނަކައިން ބުނެއެވެ.
އެ ކުންފުނިން ބުނީ، ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހިންގަން ފެށޭނެ ކަމަށެވެ.
ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ގެންދިޔަ ޖަނަރޭޓަރު ބޭނުން ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ