ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން ޙައްލު ނުކުރެވިގެން ކަންބޮޑުވެ ހިތާމަކުރަންޖެހެނީ ކަންކަން ކުރިމަތިވުމުން އެކަމާއިމެދު ތިމާއަށް ވިސްނޭ ގޮތުންނެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ޤަބޫލުކޮށް ﷲ ގެ އެންގެވުމާއިއ ެއްގޮތަށް ޢަމަލުކުރާ މީހާގެ ބޭނުންތައް ހީވެސްނުކުރެވޭހައި ރަނގަޅަށް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
މިޘާލަކަށް ކަމެއް ދިމާވާއިރަށް އެއީ މާބޮޑުކަމެއް ކަމަށް ޤަބޫލުކުރެވި އިންތިހާއަށް އެބަ ކަންބޮޑުވެއެވެ. އެކަމަކުން އަރައިނުގަނެވޭނެކަމަށް ޤަބޫލުކުރެވެއެވެ. ދުޢާކުރުމުގެ ބަދަލުގައި ކުރަން ފަށަނީ ޝަކުވާއެވެ. މިއީ ކީއްވެގެން ކުރިމަތިވި ކަމެއް ހެއްޔެވެ؟
ނިކަން ވިސްނަިލަބަލާށެވެ! ސަހަރުގެ އެންމެން އެއްވެ އެބިޔަ ބޮޑު އަލިފާންގަނޑަށް އެއްލާލަން އުޅުމުންވެސް އިބްރާހީމްގެފާނު ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ޘާބިތުވެވަޑައިގެން ހުންނެވީއެވެ. ދުނިޔޭގެ އެންމެން އެކުވިނަމަވެސް ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުން މެނުވީ އެއްވެސް ދެރައެއް ލިބިވަޑައިނުގަންނަވާނެކަން، ދެވޭނެ ގެއްލުމެއް ނުއޮންނާނެކަން ޔަޤީންކުރައްވަވައިގެން ކެތްތެރިވެވަޑައިގަތީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ އެކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައިވަނީ ކެތްތެރިންނަށް ހުރީ އެންމެ މަތިވެރި ދަރަޖަ ކަމަށެވެ. ކެތްތެރިވެ ވަކީލްކުރާ އަޅުންނަށް ދަރުމައާއި ޘަވާބު ދެއްވެވުމުގައި އިމެއް ނެތްކަމަށެވެ.
މިކަންކަން ހިތުގެ އަޑިން ޤަބޫލުކުރާ އެއްވެސް މީހަކަށް ކަންބޮޑުވާ ކަމެއް ކުރިމަތިވިޔަސް ގޮތް ހުސްވެ މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހިތްހަމަޖެހިގެން އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
ކުރިމަތިވާ ކަންކަން ޙައްލުނުކުރެވި ހިތާމަކުރަން ޖެހެނީ ވިސްނޭގޮތުން! ނިކަން މިކަންކަން ޤަބޫލުކޮށްބަލަ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ