އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ

ހއ. އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް 15 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލުމަށް އިއުލާންކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން އާންުމުކޮށްފައިވާ އިއުލާނާއެކު "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު" ގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހެނދުނު 08:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެކަމަށް ކައުންސިލުން އިއުލާންކޮށްފައިވެއެވެ.
އެގޮތުން އެ އިއުލާނުގައި ބުނެފައިވަނީ، ފޯމު ހުށަހެޅުމަށް ހާޟިރުވާނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާގެ ފޯމު ހުށަހެޅުމަށް ޕަބްލިކް ނޯޓަރީއެއް ނޮޓަރައިޒްކޮށް ލިޔުމުން ބާރުދީފައިވާ ފަރާތްތަކުން ކަމަށާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ލޭންޑު ޔޫސް ޕްލޭންގައި ގޯތިދިނުމަށް ކަނޑައެޅިފައިވާ، ޗާރޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުން ނެގޭ ޖުމްލަ 1600 އަކަފޫޓުގެ 150 (ސަތޭކަފަންސާސް) ގޯތި ކަމަށާއި ގޯއްޗަށް ކައުންސިލުން ހިއްސާކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތުތައް ހަމަވުމުން ކަމަށްވެސް އެ އިއުލާނުގައިވެއެވެ.
ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:
އެހެންކަމުން، ގޯއްޗަށް އެދި ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމް ފުރުމަށް ފަހު 15 ޖުލައި ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައެވެއެވެ.
އަދި ކައުންސިލުން ބުނެފައިވަނީ، ބަންޑާރަ ގޯއްޗަށް އެދޭ ފޯމާ އެކީގައި ހުށަހަޅާ ރަށުގައި ދިރިއުޅެފައިވާކަން އަންގައިދޭ ރަސްމީ ލިޔުން ބޭނުންވާ ފަރާތްތަކުން ގޫގުލް ލިންކް މެދުވެރިކޮށް ކައުންސިލުން ހިއްސާކޮށްފައިވާ ފޯމް ފުރުމަށްފަހު އެ ފޯމު ހުށަހެޅުމަށް ބުނެފައިވެއެވެ. އަދި މިލިޔުން ދޫކުރެވޭނީ ވޭތުވެދިޔަ 5 އަހަރު ރަށުގައި ދިރިއުޅެފައިވާ ފަރާތްތަކަށް ކަމަށެވެ
މީގެ އިތުރުން ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށާއި ރަށުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ނުވަތަ މައިންބަފައިންނަށް، ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ ރަށުން ލިބެން ނެތް ތަޢުލީމެއް ހޯދުމަށް ނުވަތަ ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ތަޢުލީމެއް ހޯދައިދިނުމަށް ރަށުން ބޭރުގައި ހުންނަ ފަރާތް ރަށުން ބޭރުގައި އުޅޭކަމަކަށް ނުބެލެވޭނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅޭ ސަބަބު ބަޔާންކުރުމާއެކު އެކަން އަންގައިދޭ އެތަނެއްގެ ލިޔުމާއި އެކު ތިރީގައިވާ ފޯމު ހުށަހެޅުމަށް އެދި ކައުންސިލުން ބުނެފަައިވެއެވެ.
މިއާއެކު މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ތަރިކައިން ލިބެން އޮންނަ 600 އަކަފޫޓަށް ވުރެ ބޮޑު ގޯތި ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލުމަށް ބޭނުންވާ ފަރާތްތަކުން މިއިޢުލާނާއި އެކު އާންމުކުރެވިފައިވާ އިޤުރާރު ފުރިހަމަކޮށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއި އެކު ހުށަހެޅުމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ