މިފްކޯ، ބީސީސީ އަދި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑަށް ޑިރެކްޓަރެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ތިން ކުންފުންޏެއްގެ ބޯޑަށް މިއަދު ޑިރެކްޓަރުން އައްޔަންކޮށްފި އެވެ.
މިއަދު ޑިރެކްޓަރުން އައްޔަންކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އަށާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ބޯޑަށެވެ.
ހުސައިން އަބްދުލްވާހިދަކީ އެކައުންޓިން، އޮޑިޓިން އަދި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ، ފިނޭންސް މިނިސްޓްރީގެ ޓްރެޝަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓުގެ އެކައުންޓެންޓެއްގެ މަގާމުގައެވެ.
އޭނާ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ސްޓޭޓް އިންޓާނަލް އޮޑިޓުގެ މަގާމުވެސް ފުރުއްވައިފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީއާއި އައިލެންޑް ލައިން ފަދަ ކުންފުނިތަކުގެ އިސް މަގާމުތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ އޮޑިޓަރެއްގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިގެން ހުންނެވި ހުސައިން އަބްދުލްވާހިދަކީ، އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.
ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާ އިން ފައިނޭންސްގެ ދާއިރާއިން އެމްބީއޭ ހާސިލުކުރައްވާފައިވާ އީނާސްއަކީ ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، މާލީ މެނޭޖުމަންޓާއި ބަޖެޓިން އަދި ފައިނޭންޝަލް ރިޕޯޓިން ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެކެވެ.
އެގޮތުން މިނިސްޓްރީގައި އޭނާ ވަނީ އެސިސްޓެންޓް ޑިރެކްޓަރު–ފައިނޭންސް އަދި ސީނިއާ އެކައުންޓްސް އޮފިސަރުގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ މިހާރު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައެވެ.
އީނާސް ވަނީ، އޭސީސީއޭ ސްކިލްސް ލެވެލް އަދި އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް ކޮލިފިކޭޝަން ފުރިހަމަ ކުރައްވައިފަ އެވެ.
އާޒިޔާއަކީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި ފިސްކަލް ރިސްކް އެނަލިސިސް އަދި ސަރުކާރުގެ ފައިނޭންސިން ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ހުންނެވީ، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ޑެޓް މެނޭޖްމަންޓުގެ މަގާމާއި ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމުގައެވެ.
މިފްކޯގެ ބޯޑަށް އައްޔަން ކުރެއްވުމުގެ ކުރިން އާޒިޔާ ވަނީ، ޑެޓް ސްޓްރެޓެޖީ އެންޑް ރިސްކް މެނޭޖްމަންޓު ކޮންސަލްޓަންޓެއްގެ ގޮތުގައާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓިން ދާއިރާގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އޭނާއަކީ މިހާރުވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޮން-އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ.
އާޒިޔާއަކީ ޗައިނާގެ ބެއިޖިންގައި ހުންނަ ޔުނިވާސިޓީ އޮފް އިންޓަނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް އިން މާސްޓާ އޮފް އިކޮނޮމިކްސް އަދި އެޕްލައިޑް އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް ބެޗްލާ އޮފް ސައިންސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އޭސީސީއޭ އެފިލިއޭޓެއްވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ