ދައުލަތުގެ ކުންފުނިތަކުން މީރާއަށް ލިބެން ޖެހޭ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ވިޔަފާރި ކުންފުނި (އެސްއޯއީ) ތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކައިވާ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާގެ ކުއާޓަލީ ރިޕޯޓުގައި ބުނެފި އެވެ. 
މީރާގެ މި އަހަރުގެ ފުރަތަމަ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި އެ ކުއާޓަރު ނިމުނުއިރު އެސްއޯއީތަކުން ޓެކްސްތަކަށް ދައްކަން ޖެހި ނުދައްކާ އަދަދު 3.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޓެކްސް ނޫން ފައިސާގެ ގޮތުގައި އެސްއޯއީތަކުން ލިބެން ޖެހެނީ 204 މިލިއަން ރުފިޔާ އެވެ. 
SIMDI Company Pvt Ltd
SIMDI Company Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
މިއީ މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީތަކުން މީރާއަށް ލިބެން ޖެހި ނުލިބިވާ އަދަދަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަހަރު ނިމުނުއިރު އެސްއޯއީތަކުން މިރާއަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހުރީ 2.3 ބިލިއަން ރުފިޔާގަ އެވެ. 
މީރާގެ ރިޕޯޓުން އެސްއޯއީތަކުން ލިބެން ޖެހޭ ޖުމްލަ އަދަދުތައް އެނގުނަސް، އިތުރު ތަފުސީލުތަކެއް ނެތުމުން ފައިސާ ނުދައްކަނީ ކޮން ކުންފުނިތަކެއް ކަމެއް ނޭނގެ އެވެ. 
އެސްއޯއީތަކުން މީރާއަށް ދައްކަން ޖެހޭ ފައިސާ
ދައުލަތުގެ ބައެއް ކުންފުނިތަކުން ޓެކްސް ނޫން ފީތަކާއި އެހެން ކަންކަމަށް ފައިސާ ނުދައްކާއިރު، މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އާންމުންގެ ވިޔަފާރިތަކުގެ ނަން ހާމަކޮށް، އެކައުންޓު ފްރީޒްކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން މީރާއިން ފައިސާ ހޯދަ އެވެ.
މީރާގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ވަނީ މި  ގޮތަށް ފިޔަވަޅުތައް އަޅިގެން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށެވެ. މިހެން ނަމަވެސް މީރާއަށް ލިބެން ޖެހޭ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. 
މިދިޔަ އަހަރަށް ބަލާއިރު، އެ އަހަރު ފެށުނުއިރު މީރާއަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 10.8 ބިލިއަން ރުފިޔާގައި ހުރެފައި، އަހަރު ނިމުނުއިރު 13.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު މި އަދަދު ވަނީ 14.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ