މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ގަދަ ދެ ޓީމުގެ ޖާގައެއް ކަށަވަރުކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ހަ ޓީމު ވާދަކުރާ ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ނިއު އިން ކުޅުނު ފަހު މެޗުގައި އިއްޔެ ވަނީ 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މުބާރާތުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 5-2 އިން ވ. ކެޔޮދޫ އަތުން މޮޅުވެފަ އެވެ.
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ، ލީގު ބުރު ނިމޭއިރު، އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
ލީގު ބުރުގެ ތާވަލަށް ބަލާއިރު، މި ވަގުތު އެއް ވަނައިގައި ނިއު އޮތީ ފަސް މެޗު ކުޅެގެން 11 ޕޮއިންޓާ އެކުގަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލީގު ބުރުގެ ފަހު މެޗުގައި ކުޅެނީ އޮޑި އާއި މާޒިޔާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. އެއްވަރުވެއްޖެނަމަ، އެ ޖާގަ ލިބޭނީ މާޒިޔާ އަށެވެ. އެއީ، އެއްވަރުވެއްޖެ ހާލަތެއްގައި، ނިއު އާއި މާޒިޔާ އަދި އޮޑި އަށް ވެސް 11 ޕޮއިންޓް ލިބި ލަނޑުގެ ތަފާތަށް ބަލާއިރު، ކުރި ލިބޭނީ ނިއު އާއި މާޒިޔާ އަށް ކަމަށްވާތީ އެވެ.
ނިއު އިން ކުޅުނު ފަހު މެޗުގައި، ބުރު ކޮޅަށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، ހަ ވަނަ މިނިޓްގައި، މުހައްމަދު އިޒާން އަލީ އެވެ. އެއް ގޯލުގެ ލީޑެއްގައި ނިއު އިން މެޗުގެ ބޮޑުބައި ކުރީގައި އޮތްއިރު، އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ހުއްޓައި، ނިއުގެ ދެ ވަނަ ލަނޑު ޖެހީ، 81 ވަނަ މިނިޓްގައި، ޒާކީ މުޖުތަބާ ޒާހިރު އެވެ.
ނިއު އިން ފައިނަލް މެޗު ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިއަދު މާޒިޔާ އާއި އޮޑިން ކުޅޭ ލީގު ބުރުގެ ފަހު މެޗަށް ފަހު އެވެ. ފައިނަލް މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.
ލީގު ބުރުގެ ހަތަރެއްގައި ނިންމި ބުރު އާއި ފަހެއްގައި ނިންމި ޓީސީ އަދި ފުލަށް ދިޔަ ކެޔޮދޫ އަށް ވެސް ލިބުނީ ހުރިހާ މެޗެއް ނިމުނުއިރު ތިން ޕޮއިންޓެވެ. ޓީސީން ފަހު މެޗުގައި ކެޔޮދޫ އަތުން މޮޅުވިއިރު، ލަނޑުތައް ޖެހީ، ނައްވާފު އަބްދުﷲ ނަޝީދު ދެ ގޯލުގެ އިތުރުން، މުހައްމަދު ޔަނާލް ޔާސިރު އާއި އަލީ ހައިޒޫމް ހަސަން އެވެ. ކެޔޮދޫގެ ލަނޑުތައް ޖެހީ، އަޒްޔާން އާދަމް ރަޝީދު އާއި ހުސެއިން ކިނާން އަޝްރަފް އެވެ.
ނިއު ފައިނަލަށް، ފަހު ޖާގަ އަށް ވާދަކުރަނީ އޮޑި އާއި މާޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ