ދައުލަތުގެ މާލީ ހާލަތު ދަށްވުމުން ހަރަދުކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިފަހަރު ނުބާއްވަން މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ޖުލައި 26، ވާ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުއިއްޒު ވަނީ 2024 ވަނަ އަހަރު މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމައި، މިނިވަން ދުވަސް ފާހަގަކުރަން ހަމައެކަނި ޖަލްސާއެއް ބާއްވަން ނިންމަވާފަ އެވެ.
"ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ،" 2024 ވަނަ އަހަރު މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޖުމްހޫރީ މައިދާން ވެސް 15 ދުވަހަށް ބަންދުކޮށް ވަރަށް ބޮޑަށް ޒީނަތްތެރިކުރި އެވެ. އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ސަރުކާރުން ބޮޑު ހަރަދެއް ކުރި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ހެރިޓޭޖު މިނިސްޓްރީން އެކަނިވެސް 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު ޖުލައި 1، ގައި ވިދާޅުވި އެވެ.
އޭގެއިތުރުން މާލެ ސަރަހައްދު ވަށައިގެން އެކި ދިމަދިމާލުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންދިޔުން ހިމެނެ އެވެ. ނަމަވެސް، އެ ޑްރޯން ޝޯ ބޭއްވުމާއި ހަވާ އެރުވުމުގެ ހަރަދު ކުރީ ހެރިޓޭޖު މިނިސްޓްރީއަކުން ނޫނެވެ.
ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ނުހުއްޓޭތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ހަރަދުކުޑަކުރަން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ