ސާބިތުވެގެން މި ދިޔައީ ރައީސަށް ރައްޔިތުން ދެއްވާފައިވާ އިތުބާރު: މެމްބަރު އިބްރާހިމް

ސާބިތުވެގެން މި ދިޔައީ ރައީސަށް ރައްޔިތުން ދެއްވާފައިވާ އިތުބާރު ކަމުގައި ރައްޔިތުންގެ މަޖިލިސްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ. 
މެންބަރު އިބްރާހިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްﷲ ގެ ރަޙްމަތްފުޅާއެކު، ރައްޔިތުން ރައީސަށް ދެއްވާފައިވާ އިތުބާރު ދަމަހައްޓާނެކަން ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރާމެދު ބަޔަކު ކިތަންމެ ބުހުތާނެއް ފެތުރިޔަސް، ދިވެހިރާއްޖެ އޮތީ ބަދަހިކޮށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެމްބަރު އިބްރާހިމްގެ މި ބަސްފުޅުތަކުން ދޭހަވަނީ، ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް ފެތުރޭ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިނުވާ ކަމެވެ. އަދި ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓިފައިވާކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަން އެނގެއެވެ.
Advertisement
މެމްބަރު އިބްރާހިމް މިއަދު މިޕޯސްޓް ކުރައްވާފައިވާ އިރު، މިއަދު ބޭއްވި ކައުންސިލްތަކުގެ ބައިއެލްކެޝަން ތަކުގައި ވާދަކުރި 6 ގޮނޑީގެ ތެރެއިން 5 ގޮނޑި, ވެރިކަން ކުރާ ޕީއެންސީއިން ކާމިޔާބުކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ