އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ.
އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ.
އީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި، ޙަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފައެވެ.
އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ.
އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ