އޭސީސީގެ ބަޔާންތަކާއި ޔައުމިއްޔާ ލިޔާ "ކާތިބު" އިފުތިތާހުކޮށްފި

މި އެޕްލިކޭޝަން އުފެއްދީ ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން އޮކްސިގާ އިންނެވެ. އޮކްސިގާ އިން ބުނި ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާ އާއި ބަޔާން ހުލާސާ ކުރުމުގެ ފީޗާތައް އެޕްލިކޭޝަނަށް ވަރަށް އަވަހަށް އިތުރު ކުރާނެ ކަމަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔަން ހާއްސަކޮށްގެން އުފެއްދި އެޕްލިކޭޝަން "ކާތިބު" އިފްތިތާހު ކޮށްފިއެވެ.
"ކާތިބު" އެޕްލިކޭޝަން އިފުތިތާހު ކުރީ މި މަހުގެ 18 ވަނަ ދުވަހު އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަބްދުލްއަޒީޒު މޫސާއެވެ.މި އެޕްލިކޭޝަނަކީ އޭސީސީގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓު ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން ފުރިހަމަ ކުރެވުނު މަސައްކަތެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި ހަތަރު މަހެއްހާ ދުވަހު ކޮމިޝަނު ގައި ވަނީ ބޭނުން ކޮށްފައެވެ.އޭސީސީން ބުނީ މި އެޕްލިކޭޝަނުގެ ސަބަބުން އެ ކޮމިޝަނުގެ ގާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވިގެން ދާނެ ކަމަށެވެ. އަދި، ތަހުގީގުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕު ކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތު ވެސް ބޮޑު ތަނުން ކުޑަކުރެވޭނެ އެވެ. މި އެޕްލިކޭޝަން އުފެއްދީ ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން އޮކްސިގާ އިންނެވެ. އޮކްސިގާ އިން ބުނި ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާ އާއި ބަޔާން ހުލާސާ ކުރުމުގެ ފީޗާތައް އެޕްލިކޭޝަނަށް ވަރަށް އަވަހަށް އިތުރު ކުރާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ