އިޒްރޭލަށް ޝަރުތުކާނުލައި ތާއީދު ކުރުމަކީ އެމެރިކާ ބަލިކަށިވެފައިވާކަމުގެ ނިޝާނެއް މިއަދު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ އިޒްރޭލަށް، ވައިގެ ސަރަހައްދު ހުޅުވައިދޭ ކޮންމެ ގައުމަކަށް ހަމަލާދޭނަން: އިރާން ފަލަސްތީނު ރައްޔިތުން އެހެނ

ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްދާ 15 ވަނަ އިސްލާމިކް ސަމިޓްގައި ރާއްޖެއިން ފަލަސްތީނަށް އިންސާނީ އެހީތެރިކަން ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދިނުމަށް އިސްލާމީ ޤައުމުތަކަށް ގޮވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ރާއްޖެއިން މިގޮތަށް ގޮވާލައިފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެޤައުމު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރުކުރުމަށް އިސްލާމީ ޤައުމުތަކަށް ގޮވާލުމާއެކު އެވެ.
އ.ދ. ސަލާމަތީ މަޖިލީހުން ފަލަސްތީނާ ގުޅޭ މައްސަލަތަކުގައި ޒަރޫރީ ފިޔަވަޅުތައް އެޅުމަށް މިހާތަނަށް މަސައްކަތް ކުރެވިފައިވާ މިންވަރާ މެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ކަމުގައި ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަންވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.
ތިން ދުވަހަށް ކުރިއަށްދާ މި ސަމިޓްގައި، ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަކަށް ގޮތެއް ނިންމުން ހިމެނޭއިރު، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުމަކީ މި ސަމިޓްގެ ޝިޢާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ