އީސީގެ އިންތިޒާމުތައް ރަނގަޅު: ޓްރާންސްޕޭރަންސީ އީސީ އަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ހޯދުމަށް، ގާނޫނީ އިސްލާހެއް ހުށަހަޅައިފި މަޖިލިސް 2024: ރީ-ރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލައިފި މަޖިލިސް އިންތިހާބަށް ނަންބަރު ތަރުތީބު ކުރަން ގުރުއަތުލ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި އިނާޔަތްތަކާއެކު ރިޓަޔަވެވޭނެ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު އެކުލަވާލި ގަވައިދު އުވާލައިފި އެވެ.
އުމުރުން 55 އަހަރުވުމުން މުވައްޒަފަށް ގަނޑުކޮށް ފައިސާގެ ބޮޑު އިނާޔަތެއް ދީ، އަދި އެމިކަކު ވަކިވާ އުމުރުން ކޮމިޝަނުގެ އެންމެ މަތީ މުސާރައިގެ 75 ޕަސެންޓުގެ ރިޓަޔަމަންޓު ޕޭއެއް ދެވޭނެ ގޮތަށް ހަމަޖައްސާފައި އޮތް މި ގަވާއިދު، ވަނީ ފިނޭންސް މިނިސްޓްރީން ކޮމިޝަނަށް ދިން ލަފާގެ މަތިން އުވާލާފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބުނެ ލަފާދީފައެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ އިރުޝާދާއެކު، މި ގަވާއިދު ބާޠިލުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މި ގަވާއިދުގައި ހިމެނުނު ޢިނާޔަތްތަކުގެ ތެރޭގައި؛ އެއްފަހަރާ ދެވޭ ބޮޑުއަދަދެއްގެ ފައިސާއާއި ރިޓަޔާކުރާ މުވައްޒަފުގެ ފުރާ ޢުމުރަށްވާ މަހުފައިސާ ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު މިފަދަ ވަރުގަދަ އިނާޔަތްތަކެއް ލިބޭ ގޮތަށް އޮތުމުން، މިހާރު ވަނީ އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ