މެމްބަރު މޫސާ ސިރާޖުގެ ތާޢީދު ޑރ މުޢިއްޒަށް!

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ޑރ މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރައްވަން ނިންމަވައިފިއެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީ ދެބަައިވެ، ނަޝީދުގެ ފެކްޝަން އުފެދުނު އިރު ސިރާޖް އެ ފެކްޝަނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް އޭރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.
ސިރާޖު އާންމުންގެ ތެރޭގައި މަޝްހޫރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކާއި ޖުޑިޝަރީއަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުކިޔައިގެން އޭނާގެ މައްސަލައެއް ޖުޑިޝަރީން އެއިރު ބެލި އެވެ.
‬⁩
އިތުރު ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ