އެއް މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެ ނުދައްކާތީ ޖާބިރު، ގާސިމް ގޮވައިގެން ކޯޓަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަތުން ފައިސާ ނެންގެވުމަށްފަހު އެ ފައިސާ ނުދެއްކުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މައްސަލައިގައި ޑީއާރުޕީއިން ބުނެފައިވަނީ ޖާބިރުގެ އަތުން ގާސިމް އެއް މިލިއަން ރުފިޔާ ހޯއްދެވި ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުމުގައި ވާ ގޮތުގެ މަތީން އެ ފައިސާ ދައްކަމުން ނުދާ ކަމަށް ޑީއާރުޕީއިން ބުންޏެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާ ޑީއާރުޕީއިން ވަނީ ޖާބިރު ގާސިމްއަށް ދެއްވި ޗެކު ވެސް ބަޔާނުގައި ހިމަނާފައެވެ. ޗެކުގައި ވާ ގޮތުން އެ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ހެކީންގެ ގޮތުގައި ދެ ފަރާތެއްގެ ނަން ޖާބިރު ވަނީ ހިމަނުއްވާފައެވެ.
މައްސަލައިގައި ޖާބިރު ވިދާޅުވެފައިވަނީ މިއީ ގާސިމް އޭނާގެ އަތުން އެއްމިލިޔަން އެމެރިކާ ޑޮލަރު ނަގައި، އެ ފައިސާ ދިވެހި ރުފިޔާއިން އަދާކުރުމުގައި 65,000 (ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރު ނުދީ ހިފަހައްޓާފައިވާކަމަށެވެ. އަދި ލިބެންޖެހޭ އެއްމިލިޔަން ދެހާސް ތިންސަތޭކަ ދިވެހި ރުފިޔާ އާއި، އަދި މީގެ އިތުރުންވެސް ދަޢުވާކުރާ ފަރާތުގެ އަތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މެދުވެރިކޮށް،
ނަގާފައިވާ ފަސްމިލިޔަން ރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިއަދާއި ހަމައަށް ވެސް ނުލިބި ނުވާ ކަމާށެވެ.
Jumhooree Partyge Leader Hon @qasimibrahim #DRP Leader Hon @chairmanjabir athun anburaa dhevvaanekamah vidhaalhuve nengevi faisaa nudhekkumun efaisaa hoadhumah Civil Court ah massala husha alhuvvaifi @VaguthuOnline @avasmv @Mihaarunews @cnm_mv @oneonlinemv @DhiyaresNews @raajjemv pic.twitter.com/6AxIJkAWWr
— DRP (@drpmaldives) November 10, 2020
”ދައާވާކުރާ ފަރާތުގެ އަތުން 1,000,000:00 US އެއްމިލިޔަން އެމެރިކާ ޑޮލަރު ނަގައި، އެފައިސާ އަނބުރާ ދަޢުވާކުރާ ފަރާތަށް އަދާކުރުމަށްޓަކައި 1,000,000:00 އެއްމިލިޔަން އެމެރިކާ ޑޮލަރުގެ ޗެކް ދަޢުވާކުރާ ފަރާތަށް ދަޢުވާލިބޭ ފަރާތުން ދީފައިވެއެވެ. ދަޢުވާކުރާ ފަރާތުގެ އަތުން ނެގި 1,000,000:00 $US އެއްމިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދަޢުވާކުރާ ފަރާތަށް ދަޢުވާލިބޭ
ފަރާތުން ދެމުން ދިޔައީ ދިވެހިރުފިޔާ އިންނެވެ. މިގޮތުން ދަޢުވާލިބޭ ފަރާތުގެ އަތުން ނެގި ފައިސާގެ ތެރެއިން 65,000:0 ފަސްދޮޅަސް ފަސްހާސް އެމެރިކާ ޑޮލަރުގެ ފައިސާ (1,002,300,00 (އެއްމިލިޔަން ދެހާސް ތިންސަތޭކަ) ދިވެހިރުފިޔާ) އަދާއި ހަމައަށްވެސް ދަޢުވާލިބޭ ފަރާތުން އަދާކޮށްފައި ނުވެއެވެ.“
މި މައްސަލަ ޖާބިރު ކޯޓަށް ހުށަހެޅުއްވިއިރު، ރޭގެ ވަގުތެއްގައި ވަނީ ރައީސް ސޯލިހަށް އެޑްރެސް ކުރައްވާ ސިޓީއެއް ވެސް ފޮނުވާފައެވެ. ޖާބިރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ 2008 ވަނަ އަހަރަށް ފަހު އުފެދުނު ދެ ސަރުކާރުން ވެސް މަސައްކަތްކޮށްފައިވަނީ އެ ކުންފުންޏަށް ގެއްލުންތައް ދީ، ބަނގުރޫޓު ކުރުމަށް ކަމަށެވެ. އަދި ޔޮޓް ޓުއާސް އާއި، ކުންފުނީގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކަށް ވެސް ފިއްތުންތަކާއި ކުރިމަތި ކުރުވަމުންދާ ކަމަށް ޖާބިރުގެ ސިޓީގައި ވަނީ ބުނެފައެވެ. މިއީ ގަސްތުގައި ދެމުން އަންނަ ގެއްލުންތަކެއްގެ ގޮތުގައި ފާހަގަކޮށް ޖާބިރު ވިދާޅުވީ، އެ ގެއްލުންތަކުގެ ތަފްސީލުތައް މިވީ މުއްދަތުގެ ތެރޭގައި ކަމާއި ބެހޭ މުވައްސަސާތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ ތަފާތު އެކި ގޮތްގޮތުން ކުރިމަތި ކުރި ފިއްތުންތަކާއި ހެދި ކުންފުންޏަށް 500 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ. ޖާބިރު ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތައް ސަރުކާރުގެ މައްޗަށް ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސިޓީ ރައީސްއަށް ފޮނުވީ އެފަދަ ދައުވާތަކެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ