އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ތުހުމަތުކޮށް ނޫސްވެރިޔާ ލީވާން ކޯޓަށް!
"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން އެ ނޫހުން ހަބަރު ގެނެސްދިން ގޮތުން، އެ ހަބަރު ލިޔުނު ނޫސްވެރިޔާ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.ލީވާނަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުވުމަށް އެންގީ، ކްރިިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ މީހާގެ ހައިސިއްޔަތުން، އޭނާ ލިޔުނު ހަބަރަކީ އެ އަމުރާ ހިލާފަށް ލިޔުނު ހަބަރެއްތޯ ބެލުމަށް ޓަކައި ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 11:00 އަށެވެ. ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި، އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ. އަދި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ވެސް އެ އަމުރުން މަނާކުރި އެވެ. ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އަމަލުކުރަން ކަމަށް ބުނެ ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން މި ނޫހުގެ ނޫސްވެރިޔާ، މުހައްމަދު ޝަހުޒާން ވަނީ ބޭރުކޮށްލާފަ އެވެ. މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ