މިނިވަން 50 ގައި ކޮރަޕްޝަނެއް ނެތް، ދެން ވެސް ފެންނާނީ ”ހުދު ވަލެއް“: އުމަރު

2015 އަހަރު ފާހަގަކުރި ”މިނިވަން 50“ އާއި ގުޅިގެން ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައިނުވާނެ ކަމަށާ އެ ކަންކަން ބެލުމުން ފެންނާނީ ”ހުދު ވަލެއް“ ކަމަށް އޭރު ހޯމް މިނިސްޓަަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މަގާމުގައި ހުންނެވި އިރު ކޮރަޕްޝަންގެ އަމަލެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އުމަރު މި ވިދާޅުވީ މިނިވަން 50 އާި ގުޅޭ ގޮތުން ހުށަހެޅި 87 މައްސަލައިގެ ތެރެއިން އަދިވެސް ބައެއް މައްސަލަތައް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހާމަކޮށްފައިވަނިކޮށެވެ. އެ މައްސަލައާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ ބައެއް މައްސަލަތައް ތަހުގީގުކޮށް ނިމުނު ނަމަވެސް އޭގެ ތެރޭގައި ތަހުގީގު ކުރިޔަށް ދާ 39 މައްސަލައެއް އެބައޮތް ކަމަށެވެ.
އޭސީސީގެ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ، އޭނާ އެއްވެސް ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވީނަމަ އެކަން އެންމެ ފުރަތަމަ ބަލާނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި ކިރިޔާވެސް އޭނާގެ އިހުމާލެއް ވާނަމަ އެކަން ހޯދާ ދައުވާކޮށް ހުކުމްވެސް ކުރީސް ކަމަށެވެ. އުމަރު ވިދާޅުވީ ރައީސް ޔާމީންވެސް އޭނާގެ މައްސަލައެއް ވޭތޯ ބަލަން އުޅުއްވި ކަމަށާއި، އެހެން ނަމަވެސް އޭނާގެ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނެތުމުގެ ސަބަބުން އެކަން ކުރެވޭ ގޮތެއް ވެފައި ނުވާ ކަމަށެވެ. އެހެން ކަމުން މައްސަލައިގައި ކިތަންމެ ފުނައް ދިޔަސް އޭނާ ކުށްވެރިވާނެ ގޮތެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.ަ
”ސަރުކާރަށް ތާއީދު ކުރާ މީޑިއާތައް“ ކަމަށް ވިދާޅުވެ އުމަރު ވަނީ އެ މީޑިއާތަށް ބޭނުންކޮސްގެން ފަލަ ސުރުހީތަކަށް އޭނާއާއި ބެހޭ ވާހަކަތައް ގެނައިނަމަވެސް ގާނޫނީ ގޮތުން ކުރި ކުށެއް ނޯންނާނެ ކަމަށެވެ. އަދި ދުވަހަކުވެސް ގާނޫނީ ކުށަކަށް އަރައި ނުގަންނާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އޭރު އެ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންގޮސްފައިވަނީ އޭސީސީއާއި އޮޑިޓްއަށް ލިޔެ، ކަމާއި ބެހޭ މުވައްސަސާތަކުގެ ދަށުންނާއި ފިނޭންސް މިނިސްޓްރީގެ ހުއްދަވެސް ނަގައިގެން ކަމަށެވެ.
”އަޅުގަނޑުގެ ކުންފުންޏެއް، އަތްބެއް، ދަރިއެއް އެއްބަނޑު، އެއްބަފާ މީހެއްގެ ހޖިއްސާ އޮންނަ ކުންފުންޏަަކަށްވެސް، އެއްވެސް މަސައްކަތެއް ދީފައެއް ނޯންނާނެ. މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކަށް. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ، މުޅި ރާއްޖޭ ފަހުރުވެރިވާ ވަރުގެ ވަރުގަދަ އީދަކަށް މިނިވަން 50 ހެދިން.“ އުމަރު
ފިނޭންސުން ލިއުމުން ހޯދި ހުއްދައާ ހިލާފަށް ބައެއް މަސައްކަތްތަކަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު 2015 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް 2017 ގައި އާއްމުކުރި އޮޑިޓުންވެސް ދައްކައެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ނަޒާހަތްތެރި ތެދުވެރި ހިންގުތެރި ސަރުކާރެއް 2023 ގައި ގާއިމުކުރައްވާނީ އޭނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ