ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި މި ދެ ފައިނޭންޝަލް ކޮންސެޕްޓްގެ ތަފާތު އޮޅުންފިލުވައިދެމުން ބުނެފައިވަނީ، ބޭންކުގެ މާލީ ދުޅަހެޔޮކަން ހުރީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.
ބޭންކުން ބުނާ ގޮތުގައި، ނެޓް އޯޕަން ޕޮޒިޝަނަކީ ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މިއީ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުން ބޭންކަށް ލިބިދާނެ ފައިދާ ނުވަތަ ގެއްލުން ވަޒަންކުރާ މިންގަނޑެކެވެ. ނަމަވެސް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، ލޯނު ދޫކުރުން ފަދަ ކުރު މުއްދަތުގެ ޒިންމާތައް އަދާކުރުމަށް ބޭންކަށް ލިބިފައިވާ ގާބިލުކަމެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، 2024 އިން ފެށިގެން މިހާތަނަށް 365 މިލިއަން ޑޮލަރުގެ އާ ލޯނު ދޫކޮށްފައިވާއިރު، 2026 ގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މި ދާއިރާގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާފައިވާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އެންއޯޕީ ހުރީ ލާޒިމްކުރާ މިންގަނޑަށްވުރެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ