ބިދޭސީއެއްގެ ކަރަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއެއްގެ ކަރަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށް ވެސް ބުންޏެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.
މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ