މޯލްޑިވް ގޭސް އިން 250،000އެއްހާ ޑޮލަރު (ބާޒާރުގެ އަގަށް ބަލާއިރު 5 މިލިއަނެއްހާ ރުފިޔާ) ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ މުހައްމަދު އެނގި ހުރެ ނާގާބިލު ކުންފުންޏަަކަށް އެ އޯޑަރު ދިނުމުންކަން އެނދިއްޖެ އެވެ.
ވީ ކިހިނެއް؟ - މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024ގައި އޯޑަރު ޖެހި 800،000 ޑޮލަރުގެ ޝިޕްމަންޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެއްކި 246،645 ޑޮލަރު ވަނީ ގެއްލިފަ އެވެ.
ތަފްސީލް - 'ދައުރު'އަށް ލިބިފައިވާ ލިޔެކިއުންތަކުންނާއި އެނގިފައިވާ ގޮތުގައި އެފަދަ ޝިޕްމަންޓެއްގެ ވެންޑާ ރަޖިސްޓްރޭޝަނަށް މޯލްޑިވް ގޭސްގެ ގަވާއިދު ބުނާ ގޮތުން، ޓެކްސް ދައްކާ އަހަރީ އާމްދަނީ 5 މިލިއަން ޑޮލަރަށް ވުރެ މަތިވާން ޖެހެ އެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުގެ އޯޑިޓް ފައިނޭންސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ޖަކްސާ އެނާޖީ ޓްރޭޑިން ކޮމްޕެނީން 31 ޑިސެމްބަރު 2023ގެ ތާރީހުގައި ހުށަހެޅި ފައިނޭޝަނަލް ސްޓޭޓްމަންޓްގައި، އެ ކުންފުންނަށް އެ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.4 މިލިއަން ޑޮލަރެވެ. އެ އަދަދަކީ އެ މިންގަނޑު ހަމަވުމަށް 3.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ. އަދި އެ އަހަރު އެ ކުންފުނީގެ ސާފު ފައިދާއަކީ ވެސް 800،000 ޑޮލަރުގެ ޝިޕަމަންޓަކާ އެކަށީގެންވާ އަދަދެއް ނޫނެވެ.
ޖަކްސާ އެނާޖީން 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 100،000 ޑޮލަރެވެ.
ނަމަވެސް އެ ކުންފުނި މޯލްޑިވް ގޭސްގެ ވެންޑާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ، ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދެއްވައި އެ ފޯމްގައި ސޮއިކުރައްވައި އެެމްޑީ ވިދާޅުވި ކަމަށްވަނީ އެފަދަ އޮޑިޓް ފައިނޭޝަލް ރިޕޯޓެއް ހުށަހެޅުމަށް 45 ދުވަސް ބޭނުންވާނެ ކަމަށާއި އެހެންކަމުން ވެންޑާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެއްވީ ކަމަށެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ކޮވިޑްގެ ދަތި ދުވަސްވަރުގައި ވެސް އެ ކުންފުނީގެ އެއްވެސް އެމްޑީއަކު އެފަދަ ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ގުޅުންހުރި - މޯލްޑިވް ގޭސްއިން 250،000އެއްހާ ޑޮލަރު ގެއްލުނީ އަބްދުﷲ މުހައްމަދު ޖުވާ ކުޅެގެން ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.
ގާބިލުކަން ނެތްކަން އެނގި ހުރެ، 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ