ހއ ދިއްދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 21 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން އެ މަޝްރޫޢުގެ ބަލަދުވެރިފަރާތް، އެމްއޭސީއެލުން ބުނީ ދިއްދޫ ފަޅުން ހިއްކަންޖެހޭ ސަރަހައްދުގެ 18.75 އިންސައްތަ ހިއްކައި ނިމިފައިވާކަމަށެވެ. އެއީ 21 ހެކްޓަރުގެ ސަރަހައްދެކެވެ.
އެމްއޭސީއެލުން ބުނީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.
ދިއްދޫ ބިންހިއްކުން... ފޮޓޯ: އެމްއޭސީއެލް
ދިއްދޫ ހިއްކުމަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ވަނީ އެރަށަށް ގެނެސްފަ އެވެ. މިއީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރެވޭ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މި ޑްރެޖަރު ގެނެސްގެން އެރަށުގެ ބިން ހިއްކަން ފަށާފައިވަނީ، މިހިނގާ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
ދިއްދޫގެ ބިން އިތުރަށް ހިއްކަން ފަށާފައިމިވަނީ އެރަށުގައި އެއާޕޯޓެއް އެޅުމަށެވެ. ދިއްދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ މަތިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫޢުގައި ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށުން ޖުމުލަ 110 ހެކްޓަރުގެ ބިން ހިއްކާ، އެ ބިިން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި އެއާޕޯޓް އެޅުމަށް ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ.
ހއ.ދިއްދޫ ބިންހިއްކުން: 21 ހެކްޓަރު ހިއްކާ ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ