ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް އަންނަމަހުގެ 1ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަަސައްކަތްތަކުގެ ތަފްސީލު ޙިއްސާކޮށްފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތަކީ 30 ދުވަސް ކަމަށާއި، އެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ފަތުރުވެރިންނަށް އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވިސާގެ މުއްދަތު އިތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ އެޕްރީލް 1އިން ފެށިގެން އެ ޚިދުމަތަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ތާރިޤު މީގެކުރިން ވަނީ، ރިމޯޓް ވޯކަރއަށް ޚާއްޞަ ވިސާއަކާއެކު ކޮންޓެންޓު ކްރިއޭޓަރސްއަށް ޚާއްޞަ ވިސާއެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. މި މަސައްކަތާއެކު ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ