އދ. ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓު އަދި އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުތަކަކީ، އެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރެވެ.
ކުނބުރުދޫގެ ހައުސިން ޔުނިޓްތައް އެޅުމަށް ދީފައިވަނީ، 480 ދުވަހުގެ މުއްދަތެކެވެ. މިއެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 3 ކޮޓަރީގެ 25 ހައުސިން ޔުނިޓް އެޕާރޓްމެންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މަހިބަދޫގެ ހައުސިން ޔުނިޓްތައް ނިންމުމަށް ދީފައިވަނީ، 540 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ދެރަށަށް ވަޑައިގެން މި މި އަހަރުގެ ކުރީކޮޅު މި ދެ ރަށުގައި މިމަޝްރޫޢުތައް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އެ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކުނބުރުދުއާއި މަހިބަދޫގައި ހައުސިން ޔުނިޓުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ