ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާޅު ކޮށްފި އެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެކެވެ. އެގޮތުން އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރާއި ބައެއް އެހެނިހެން ހިދުމަތް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރުމަށް ވެސްހަވާލު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ