އެމެރިކާ އާއި އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް އިސްވެ ހަމަލާ ދޭން ފަށައި ހަނގުރާމައިގެ ހާލަތަށް މެދުއިރުމަތި ވެއްޓިއްޖެ އެވެ.
އިރާނުގެ ވެރިރަށް ތެހެރާންގެ ތިން ސަރަހައްދަކުން ބާރުގަދަ ގޮވުންތަކެއް ގޮވިއިރު އެ ތަންތަނުން މިހާރު އަންނަނީ ދުން އަރަމުންނެވެ. އެންމެ ފުރަތަމަ ހަމަލާ ދިނީ އިޒްރޭލުން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުން އޮތްކަން ވެސް ވަނީ ކަށަވަރު ކުރެވިފަ އެވެ.
އިޒްރޭލުން މި ހަމަލާތައް ދިނީ އިރާނުން ހަމަލާ ދީފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ އެވެ. އިޒްރޭލުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
އެމެރިކާއާއި އިރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ މަޝްވަރާގެ ބުރެއް އިއްޔެ ބޭއްވި އެވެ. އެ މަޝްވަރާތަކުގެ ނަތީޖާއާ މެދު އެމެރިކާގެ ހިތްހަމަނުޖެހުން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާއިން ވަނީ އިރާނުގެ ކައިރި ސަރަހައްދުތަކަށް ވަރަށް ގިނަ އަސްކަރީ އުޅަނދުތައް ވަނީ ގެންގޮސްފަ އެވެ. ދެ އެއާކްރާފްޓް ކެރިއަރާއި އެތައް ސަތޭކަ ފައިޓަރު ޖެޓުތައް ތިބީ އިރާނަށް ހަމަލާދެވޭ ހިސާބުގަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދީފި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ