ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު 24 ސެޕްޓެމްބަރު 2025 ގައި ސޮއިކުރި ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި ބަދަލާއެކު، އާންމު ޕާސްޕޯޓް ގެންގުޅޭ ދިވެހިންނަށް އެ ގައުމުގައި 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި މަޑުކުރެވޭނެ އެވެ.
މީގެ އިތުރުން 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވެސް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތަށް ދެ ގައުމުގެ ދެމެދުގައި ވަނީ ކުރިން އެއްބަސްވެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ލުއިތައް ދީފައިވަނީ ކުރު މުއްދަތުގެ ޒިޔާރަތްތަކަށް އެކަނި ކަމަށާއި އެހެންކަމުން އަޒަރުބައިޖާނުގައި ދިގު މުއްދަތަކަށް ތިބެންދާ ދިވެހިންނާއި ވަޒީފާ އަދާކުރުމަށް ނުވަތަ ކިޔަވަން އަދި ވިޔަފާރިކުރަން އެ ގައުމަށްދާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާ ހޯދަން ޖެހޭނެ ކަމަށެވެ.
ދިވެހިންނަށް މިހާރު ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ