މޯލްޑިވްސް ޕޮލިޓެކްނިކްގެ 2026 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ބައިވެރިވެ، ރާއްޖެއަށް މުހިއްމު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު އެ މުއައްސަސާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ހުޅުވާލެވުނު މުހިއްމު ފުރުޞަތެކެވެ.
މި އިންޓޭކްގެ ދަށުން ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާ ފެންވަރާ ހަމައަށް ތަފާތު ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާކިޓެކްޗަރ، ސިވިލް އިންޖީނިއަރިންގ، ވެލްޑިންގ، ޕްރޮގްރާމިންގ، ހެޔަރ އެންޑް ބިއުޓީ ތެރަޕީ، ކާޕެންޓްރީ، އިލެކްޓްރީޝަން، ވުޑް ކަރވިންގ، އަދި ޖްވެލްރީ ޑިޒައިން ފަދަ ދާއިރާތައް ހިމެނެއެވެ.
ޕޮލިޓެކްނިކުން ބުނި ގޮތުގައި މި ހުރިހާ ތަމްރީނު ޕްރޮގްރާމްތަކަކީވެސް އެއްވެސް ފީއަކާ ނުލައި، މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. މިއީ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މާލީ އެއްވެސް ބުރައެއް ނެތި އަމަލީ ތަމްރީނާއި ތައުލީމު ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ކޯސްތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރައްވައިގެން ޖެނުއަރީ އިންޓޭކް 2026 ގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެއެވެ.
ޕޮލިޓެކްނިކުން ރާއްޖެއަށް މުހިއްމު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ