ޓާޓާ ހައުސިން އިން މާލޭގައި ކުރިއަށް ގެންދާ އެންމެ ހާއްސަ މަޝްރޫއަކީ ލަގްޒެރާ އިމާރާތެވެ. މިއީ އާއިލާތަކަށާއި ޑިޕްލޮމެޓުންނަށް އަދި މުސްތަގުބަލަށް އަގުހުރި އިންވެސްޓުމެންޓެއް ކުރަން ބޭނުން މީހުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ އެންމެ މަތީފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި އިމާރާތުގައި އެންމެ ފާހަގަކުރެވެނީ ތަނުގެ ތަނަވަސްކަމާއި ދިރިއުޅޭ މީހުންނަށް ލިބޭނެ ޕްރައިވެސީ އަދި މިނިވަންކަމެވެ.
ސޯސަންމަގުގައި ތަރައްގީކޮށްފައިވާ މި އިމާރާތުގައި އެންމެ މަތީ ފަންތީގެ 72 އެޕާޓުމެންޓު ހުންނާނެ އެވެ. އެތަނުގެ އެތެރޭގެ ޑިޒައިނަކީ އެންމެ މަތީ ފަންތީގެ ކޮލެޓީ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ، ތަނަވަސް އަދި ހަމަހިމޭން މާހައުލެއް ކަށަވަރުކޮށްދޭ ޑިޒައިނެކެވެ. ކޮންމެ އެޕާޓުމެންޓެއް ވެސް 1+3ގެ ލޭއައުޓަށް ތަރައްގީކޮށްފައިވާ މި އިމާރާތަކީ ހަމައެކަނި ގިނަ ބަޔަކު ދިރިއުޅޭ ބޮޑު އިމާރާތެއްގެ ބަދަލުގައި ހިތްފަސޭހަ އަދި މާނަހުރި ދިރިއުޅުމެއް މަގުފަހިކޮށްދިނުމަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
މާލޭގެ ކާރޫބާރު ސަރަހައްދެއްގައި ހުރި ނަމަވެސް، މިއީ ސިޓީގެ ހަލަބޮލިކަމުން ދުރުވެ ހަމަހިމޭން މާހައުލެއްގައި ދިރިއުޅެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ލަގްޒެެރާ އިމާރާތުގެ އެތެރެ ފަރުމާކޮށްފައިވަނީ ހިތްގައިމުކަން އިހުސާސްވާނެ ގޮތަށެވެ. މުޅި އެޕާޓުމެންޓު ފުލީ އެއާކޮންޑިޝަންކޮށްފައިވާއިރު، އެޕާޓުމެންޓުގައި ބޭނުންކުރުުމަށް ފޯރުކޮށްދޭ ހުރިހާ ސާމަނަކީ ވެސް އެންމެ ޕްރިމިއަމް ތަކެއްޗެވެ.
މި އެޕާޓުމެންޓުތަކުގައި:
ޑިޝްވޮޝާ ހަރުކޮށްފައި ހުންނާނެ
ގޭގައި އެހީތެރިވެދޭން އުޅޭ މީހާއަށް ހާއްސަ ކޮޓަރިއެއް ހުންނާނެ
އެޕާޓުމެންޓުގެ އެތެރޭން ވެސް އިހުސާސްކުރެވޭނީ އެންމެ މަތީފަންތީގެ ދިރިއުޅުމެއް
ލަގްޒެރާ އިމާރާތުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް އެހެން ގިނަ ހިދުމަތްތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި:
ރޫފް ޓޮޕް ސްޕާ އަދި ޕޫލް
އިންޑޯ ގޭމް ޒޯން
މަލްޓިޕާޕަސް ރޫމް
ލޭންޑް ސްކޭޕްޑް ލައުންޖު
ބާބަކިޔު ޓެރަސް
ބޭސްމެންޓު ޕާކިން
ލަގްޒެރާ އެޕާޓުމެންޓުތަކުގެ އަގު 6.4 މިލިއަން ރުފިޔާ އިން ފެށޭއިރު، މިއީ މުސްތަގުބަލަށް ރިއަލް އެސްޓޭޓަށް އިންވެސްޓު ކުރަން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތެކެވެ
މާލެއަކީ ބިން ކުޑަ، ބިމުގެ އަގު ބޮޑު ރަށެކެވެ. ބިމުގެ ދަތިކަން އިންތިހާއަށް އޮތް އިރު، މާލޭގައި ހިތްހަމަޖެހޭ ބޯހިޔާވަހިކަމެއް ހޯދެން އޮތީ ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެންނެވެ.
ލަގްޒެރާ އިމާރާތަކީ ތަނުގައި ދިރިއުޅޭ މީހުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ތަނެކެވެ. ސްކޫލުތަކާއި މިސްކިތްތައް އަދި ސަރުކާރު އޮފީސްތަކާއި އާންމު ދަތުރުފަތުރަށް ވެސް ފަސޭހަ ސަރަހައްދެއްގައި ހުރި މި އިމާރާތް ފަރުމާކޮށްފައިވަނީ ތަނުގައި ދިިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދޭނެ ގޮތަށެވެ.
ޓާޓާ އިން އެންމެ އިސްކަންދެނީ އިމާރާތް ކުރާއިރު ދިގު މުއްދަތަކަށް ދެމިހުންނާނެހެން އެންމެ ފެންވަރު ރަނގަޅު ސާމާނާއި ޓެކްނޮލަޖީ ބޭނުން ކުރުމަށެވެ. ލަގްޒެރާ އިމާރާތުގައި ބޭނުންކޮށްފައިވަނީ އެންމެ ފެންވަރު ރަނގަޅު ކޮންސްޓްރަކްޝަން މެޓީރިއަލް އެވެ. އެ އިމާރާތް ފަރުމާކޮށްފައިވަނީ ކަރަންޓު ހަރަދު ކުޑަވާނެ ގޮތަށް ކުޑަދޮރުތައް ވެސް ބަހައްޓައިގެންނެވެ. ރަނގަޅު ވެންޓިލޭޝަންއަކާ އެކު ޑިޒައިންކޮށްފައިވާ މި އިމާރާތުގައި ދިރިއުޅޭ މީހުންނަށް މި ހުރިހާ ހިތްހަމަޖެހުމެއް ލިބޭނެ އެވެ.
ލަގްޒެރާއަކީ ހަމައެކަނި ޕޯޓްފޯލިއޯ އޮޕްޝަނެއް ނޫނެވެ. މިއީ ހަމައެކަނި ގެއެއް ބިނާ ކުރުމުގެ ބަދަލުގައި އާއިލީ ތަރިކައެއް ބޭނުންވާ މީހުންނަށް ވެސް ހާއްސަ ތަނެކެވެ. މިއީ މާލޭގައި ތަފާތު ދިރިއުޅުމެއްގެ އިހުސާސް ގެނެސްދޭނެ އިމާރާތަކަށް ވާނެ އެވެ.
ލަގްޒެރާ: އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ